news photo

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދާ ބައްދަލުކުރައްވައިފި

15 ސެޕްޓެމްބަރު 2025

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު، ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދާ ބައްދަލުކުރައްވައިފިއެވެ.

މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި އުތީމުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ސްޓޭޓް ހައުސްގެ މަސައްކަތާއި، އަލަށް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާގެ މަސައްކަތާއި، ރަށުގެ ކުޑަކުދިންގެ ޕާކުގެ މަސައްކަތާއި އަދި ރަށުގައި ކުރިއަށްދާ ތަރައްޤީގެ މަސައްކަތްތަކާ ބެހޭ ގޮތުން  މަޝްވަރާކުރެވިފައި ވެއެވެ. މީގެ އިތުރުން ނޮވެންބަރ މަހު އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ތިލައުތުރު ފްޓަސަލް މުބާރާތާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެވުނެވެ. 

މި ބައްދަލުވުމުގައި މިނިސްޓަރގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދާއި، ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރާއި އުތީމު ހިމެނޭ ކުލަސްޓަރގެ ކަންތައް ބެލެހެއްޓުމުގައި އިސްކޮށްކޮށް ޙަރަކާތްތެރިވެ ލައްވާ ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު ޙަސަން ބައިވެރިވެލެއްވިއެވެ.