18 ސެޕްޓެމްބަރު 2025
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު، ފެނަކަ ކޯޕަރޭޝަންގެ އިސް ވެރިންނާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން އޮތީ އިއްޔެ މިނިސްޓްރީގެ ރަށްވެހި މާލަމްގައެވެ.
އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ފެނަކަ ކޯޕަރޭޝަނުން ރަށްރަށުގައި ދެމުންގެންދާ ޚިދުމަތްތަކާއި، ކުރިއަށް ގެންދާ ތަރައްޤީގެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައި ވެއެވެ.
މި ބައްދަލުވުމުގައި މިނިސްޓްރީގެ ލޯކަލް ގަވަރމަންޓް ޑިޕާޓްމަންޓްގެ ވެރިންނާއި، އަތޮޅު ކޯޑިނޭޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.