news photo

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން އެލްޖިއޭއާއެކު ބައްދަލުވުމެއް ބާއްވައިފި

18 ސެޕްޓެމްބަރު 2025

މިއަދު މިނިސްޓްރީ އޮތް މި ބައްދަލުކުރެއްވުމުގައި"މޯލްޑިވްސް 2.0" އިނިޝިއޭޓިވްގެ ދަށުން ލޯކަލްގަވަރމަންޓް އޮތޯރިޓީން ކައުންސިލްތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް "ވަންގަވް" މެދުވެރިކޮށް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައި ވެއެވެ.

"މޯލްޑިވްސް 2.0"އަކީ މުޅި ދިވެހިރާއްޖެ ޑިޖިޓަލައިޒްކުރުމަށް ޓަކައި ކުރެވޭ ޚާއްޞަ މަސައްކަތްތަކެވެ. މި ކަމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ނިޒާމު އެއްކޮށް ބަދަލުވެ، ވަކިވަކިފަރުދުންނަށް ބޭނުންކުރެވޭ ރައްކާތެރި ނިޒާމެއް ޤާއިމްކުރެވޭނެއެވެ. 

މި ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ޑެޕިޔުޓީ މިނިސްޓަރ ޙަސަން އިރުފާނާއި، ޑެޕިޔުޓީ މިނިސްޓަރ ސިމަން ހާދީއާއި އެލްޖީ ޑިޕާޓްމެންޓްގައި މަސައްކަތްކުރައްވާ ބައެއް ވެރިން ބައިވެރިވެލެއްވިއެވެ.