news photo

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ބިލެތްފަހީ ކަސައުންސިލްގެ ރައީސާ ބައްދަލުކުރައްވައިފި

01 އޮކްޓޯބަރު 2025

މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު، މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ ރައީސް ޢަބްދޫﷲ ޒިޔާދާ ބައްދަލުކުރައްވައިފިއެވެ. 

މިއަދު މިނިސްޓްރީގައި އޮތް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ބިލެތްފަހީގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ކައުންސިލްގެ އައު ޢިމާރާތުގެ މަސައްކަތާއި ރަށުގެ ތަރައްޤީއަށް ހިންގުމަށް ރޭވިފައިވާ މަޝްރޫޢުތަކާ ބެހޭ ގޮތުންނެވެ. 

މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ޑެޕިޔުޓީ މިނިސްޓަރ މުޙަޢްމަދު ޙަސަނާއި، ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ޙަސަން ނިޒާރު ބައިވެރިވެވަޑައިގެންނެވިއެވެ.