news photo

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް އޮމަދޫގެ ބައެއްގެ ގޮތުގައި ތިން ފަޅެއް ހިމެނުއްވައިދެއްވައިފި

06 އޮކްޓޯބަރު 2025

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް އދ. އޮމަދޫގެ ބައެއްގެ ގޮތުގައި ކުޑަދޫފަޅާއި،  ކޯޑު ނަންބަރު RF1329 ފަޅާއި އަދި  ކޯޑު ނަންބަރު RF1330 ފަޅެވެ. 

އޮމަދޫގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައި ދެއްވި ފަޅުތަކުގެ ސބަބުން   އިޤްތިޞާދީ ގޮތުން އޮމަދޫ ރައްޔިތުންނަށް އިތުރު ކުރިއެރުންތައް ހޯދުމަށް އެތައް ގޮތަކުން މަގުފަހިވެގެން ދާނެއެވެ. ޚާއްޞަކޮށް ފަތުރުވެރިކަން ފަދަ ޑިމާންޑް ބޮޑު ސިނާއަތްތަކުން ރަށުގެ އިޤްތިޞާދަށް ނަފާ ހޯދޭނެއެވެ. އޮމަދޫއަކީ ރަށުފަތުރުވެރިކަން ފުޅާވަމުން އަންނަ ރަށެކެވެ. 

މި ތިން ފަޅު އޮމަދޫގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވީ 26/2025 ނަންބަރު ޤަރަރުންނެވެ. އަދި ގެނެވުނު މި ބަދަލާ އެއްގޮތަށް ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓު، މިހާރު ވަނީ އަޕްޑޭޓްކޮށްފައެވެ.