news photo

20 ރަށެއްގެ ކައުންސިލު އިމާރާތުގެ އަމަލީ މަސައްކަތް ކުރިއަށް އެބަދޭ: މިނިސްޓަރ އާދަމް ޝަރީފު ޢުމަރު

20 އޮކްޓޯބަރު 2025

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރެއިން 20 ރަށެއްގައި އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އާދަމް ޝަރީފު އެހެން ވިދާޅުވީ ''އެކްސް'' ގައި އިއްޔެ ކުރެއްވި ޕޯސްޓެއްގަ އެވެ. އެމަނިކުފާނު ވިދާޅުވީ 55 ކައުންސިލުގެ ތެރެއިން ބާކީ 35 ކައުންސިލްގެ އަމަލީ މަސައްކަތް މި މަހު ފެށިގެންދާނެ ކަމަށެވެ. 

ކައުންސިލު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާ ރަށްރަށް: 

ށ. ބިލެތްފަހި
ށ. ޅައިމަގު
ށ. މާއުނގޫދޫ
ށ. މަރޮށި
ރ. އިންނަމާދޫ
ރ. މާކުރަތު
ކ. ގުޅި
އއ. ރަސްދޫ
އއ. ތޮއްޑޫ
އދ. ދަނގެތި
އދ. އޮމަދޫ
ވ. ކެޔޮދޫ
މ. ނާލާފުށި
ފ. މަގޫދޫ
ފ. ނިލަންދޫ
ތ. ހިރިލަންދޫ
ތ. ކަނޑޫދޫ
ގއ. ގެމަނަފުށި
ގއ. ކޮލަމާފުށި
ގއ. ވިލިނގިލި 
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ކައުންސިލް އިދާރާ ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކުގެ ތެރޭން 105 ރަށެއްގައި ކައުންސިލް އިދާރާގެ އާ ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ. 

އެއީ އާރުސީސީއާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ 55 ކައުންސިލްގެ މަސައްކަތާއި، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 50 ކައުންސިލެވެ.