news photo

ފޭދޫ ފުޓްސަލް ދަނޑުގެ މަސައްކަތް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ފައްޓަވައިދެއްވައިފި

05 ނޮވެމްބަރު 2025

އައްޑޫ ސިޓީ ފޭދޫ ގައި އަލަށް އަޅައި ފުޓްސަލް ދަނޑުގެ މަސައްކަތް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ފައްޓަވައިދެއްވައިފިއެވެ. 

ފޭދޫ ފުޓްސަލް ދަނޑުގެ މަސައްކަތް މިނިސްޓަރ ފައްޓަވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ފޭދޫގައި އެ ކަމަށް ޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.  މިއީ މިނިސްޓްރީ އޮފް ސްޕޯރޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަނުން ކުރިއަށްގެންދަވައި މަޝްރޫޢެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިއްޔެ ރައީސް އަރިހުގައި ފުވައްމަލަކު ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވަނީ އެ ސިޓީގެ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މަސައްކަތް ފައްޓަވައިދެއްވާފައެވެ. އަދި މިނިސްޓަރ ވަނީ އައްޑޫ ސިޓީ މަރަދޫ ފޭދޫގައި އަލަށް ޢިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ މަސައްކަތް ވެސް މިއަދު ފައްޓަވައިދެއްވާފައެވެ.