news photo

ރަތަފަންދޫ ކައުންސިލުން މިނިސްޓަރ އާދަމް ޝަރީފު ޢުމަރާ ބައްދަލުކުރައްވައިފި

13 ނޮވެމްބަރު 2025

ގދ. ރަތަފަންދޫ ކައުންސިލުން މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރާ ބައްދަލުކުރައްވައިފި އެވެ. 

މިއަދު މެންދުރު މިނިސްޓްރީގެ ''ރަށްވެހި'' މާލަމުގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި ރަތަފަންދޫ ކައުންސިލުން ވަނީ ކައުންސިލު އިދާރާގެ އައު ޢިމާރާތުގެ މަސައްކަތާއި، ކުޑަކުދިންގެ ޕާކު އެޅުމުގެ މަސައްކަތުގެ މަޢުލޫމާތު އޮޅުންފިލުވާފަ އެވެ.

މި ބައްދަލުވުމުގައި ކައުންސިލް ޢިމާރާތް އެޅުމަށް ބޭނުންވާ ފައިސާ ޕީއެސްއައިޕީ ޕްރޮޖެކްޓުގެ ދަށުން ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވިއެވެ. އަދި ކުޑަކުދީންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ކުޑަކުދީންގެ ޕާކެއް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެން، އެ މަޝްރޫޢުގެ ދަށުން ރަތަފަންދޫ ޕާކު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއްވިއެވެ. 

މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދާއި، ސްޓޭޓް މިނިސްޓަރ ޠާހާ ނަޢީމް ބައިވެރިވެވަޑައިގެންނެވިއެވެ.