news photo

ފާއިތުވެ ދިޔަ ދެ އަހަރަކީ ސަރުކާރަށާއި، ސިޓީސް މިނިސްޓްރީއަށް ކާމިޔާބު ދެ އަހަރު: މިނިސްޓަރ އާދަމް ޝަރީފު ޢުމަރު

17 ނޮވެމްބަރު 2025

ފާއިތުވެ ދިޔަ ދެ އަހަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށާއި، ސިޓީސް މިނިސްޓްރީއަށް ކާމިޔާބު ދެ އަހަރު ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ އާދަމް ޝަރީފު ޢުމަރު މިހެން ވިދާޅުވީ، މިނިސްޓްރީގެ އަހަރީ ދުވަސް ފާހަގަކުރުމާއި "އަހަރީ ދުވެލި" ފޮތް ނެރުމަށް މިއަދު ހެނދުނު މިނިސްޓްރީގެ ކުޅިވަރު ފެންޑާއި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ސިޓީސް މިނިސްޓްރީގެ ކާމިޔާބުގެ ޙަޤީޤީ ސިއްރަކީ މިނިސްޓްރީގައި މަސައްކަތްކުރަައްވާ މުވައްޒަފުންގެ ޤާބިލުކަން ކަމަށް ވިދާޅުވެ، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކައުންސިލުތައް އެޅުމަށް ހިންގާ ކާމިޔާބު މަޝްރޫޢުގެ ކޮންސެޕްޓް ހުރިހައި މަސައްކަތަކީ މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތްކަމަށް ވިދާޅުވިއެވެ.  

މިނިސްޓްރީގެ އަހަރީ ދުވަސް ފާހަގަކުރުމާއި، "އަހަރީ ދުވެލި" ފޮތް ނެރުމަށް ބޭއްވި މި ރަސްމިއްޔާތުގައި މުވައްޒަފުންގެ ޝުޢޫރު ފާޅުކުމާއި، އަހަރީ ކޭކު ފެޅުމުގެ އިތުރުން ފާއިތުވެ ދިޔަ ދެ އަހަރު، ސިޓީސް މިނިސްޓްރީން ކާމިޔާބު ކަމާއެކު ކުރެވުނު ކަންތައްތަކުގެ މައްޗަށް ބަލައިލާ ތައްޔާރުކޮށްފައިވާ ވީޑިޔޯ ރިޕޯޓެއް ހުށަހަޅައިފައި ވެއެވެ.