22 ނޮވެމްބަރު 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރަށާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް (އެމް.ސީ.އެލް.ޕީ) އަށް ދެ އަހަރު ފުރުމާ ގުޅިގެން މުވައްޒަފުންގެ މެދުގައި ޓީމް ބިލްޑިންގ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މިނިސްޓްރީގެ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ އަދި މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން ބޭއްވި މި ޙަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހެނދުނު 8.00 އިން 12:00 އަށް އެކުވެނި ޓާފް ދަނޑުގައެވެ.
ކުޅިވަރުގެ މި ޙަރަކާތް ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމް.އޭ.ސީ.އެލް)ގެ ޑެޕިޔުޓީ މެނެޖިންގ ޑިރެކްޓަރ މުހައްމަދު ލަމްޢާންއެވެ. މި އިވެންޓުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް (އެމް.ސީ.އެލް.ޕީ) އާދަމް ޝަރީފު ޢުމަރު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ކުޅިވަރު ޙަރަކާތްތައް ކުރިއަށް ގެންދިޔައީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ސިފްކޯގެ އެހީތެރިކަމާއެކު ގައެވެ.
މި ޙަރަކާތްތައް ކުރިއަށް ގެންދިޔައީ މިނިސްޓްރީގެ މުވައްޒަފުން 4 ޓީމަކަށް ބަހާލައިގެންނެވެ. މި ހަރަކާތްތަކުގެ ތެރޭގައި ހޫގޯ ރަން، ޓަގް އޮފް ވަރ، ވެއިޓް ލިފްޓް ޗެލެންޖު، ރިލޭ އަދި ޖަޔަންޓް ފުޓް ވޯރކް ހިމެނެއެވެ.
މިއަދު ބޭއްވި މި ސްޕޯރޓްސް ޙަރަކާތްތަކުން އެއް ވަނަ ހޯދީ ޓީމް ރެޑެވެ. ދެ ވަނަ ގްރީނަށް ލިބުނު އިރު ތިން ވަނަ ހޯދީ ޓީމް އޮރެންޖެވެ. އަދި 4 ވަނަ ހޯދީ ޓީމް ޕިންކެވެ.
މިއަދުގެ ޙަރަކާތްތައް ޝަރަފުވެރިކޮށްދެއްވާ އެމްއޭސީއެލްގެ ޑެޕިޔުޓީ އެމްޑީ މުޙައްމަދު ލަމްޢާން ދެއްކެވި ވާހަކަފުޅުގައި، މި ޙަރަކާތްތަކުގެ ސަބަބުން އެމް.ސީ.އެލް.ޕީގެ މަސައްކަތްތަކަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.