17 ޑިސެމްބަރު 2025
މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ އަހަރީ ރިވިޔު ފަށައިފިއެވެ. މި ރިވިޔު ފެށީ މިއަދު ހެނދުނު އެ ކަމަށް ޓަކައި މިނިސްޓްރީގެ 'ކުޅިވަރު ފެންޑާ' ގައި ބޭއްވި ކާއްޞަ ރަސްމިއްޔާތެއްގައެވެ.
މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ރިވިޔު ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛު މުޙައްމަދު މުޖްތާޒްއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރުގެ އިތުރުން ސްޓޭޓް މިނިސްޓަރ އަލްއުސްތާދު މޫސާ ފަތުޙީ އާދަމް ވާހަކަފުޅު ދެއްކެވިއެވެ.
އަހަރީ ރިވިޔުގެ މައިގަނޑު މަޤުޞަދަކީ މިނިސްޓްރީގެ ޑިޕާޓްމަންޓުތަކުން މި ހިނގާ 2025 ވަނަ އަހަރު ކޮށްފައިވާ މަސައްކަތްތަކާއި، ދިމާވި ގޮންޖެހުންތަކާއި އަދި ކުރިއަށް އޮތް 2026 ވަނަ އަހަރަށް ރޭވިފައިވާ ކަންކަން ހުށަހަޅައި ދިނުމެވެ.
އަހަރީ ރިވިޔުގެ ފުރަތަމަ ދަންފަޅި ކުރިއަށްދާނީ މިއަދު ހެނދުނު 10:00 އިން 11:50 އަށް މިނިސްޓްރީގެ ރަށްވެހި މާލަމުގައެވެ. އަދި ދެވަނަ ދަންފަޅި ކުރިއަށް ދާނީ މާދަމާ ހެނދުނު 09:00 އިން 12:00 އަށެވެ.