07 ޖެނުއަރީ 2026
ކުރިއަށް އޮތް ރަމަޟާން މަހު ގޭބިސީތަކަށް ރޯދަ ހަދިޔާ ބެހުމުގެ ކަންކަމުގައި އެކުލަވާލައިފައިވާ ޓާސްކު ފޯހުން އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބައްދަވުމެއް ބާއްވައިފިއެވެ.
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ރިޔާސަތު ބެލެހެއްޓެވި މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ސިޓީސް މިނިސްޓްރީގެ ރަށްވެހި މާލަމުގައެވެ.
މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިނިންގއާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އާއި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރޯދަ ހަދިޔާ ބެހުމުގެ ކަންކަމުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން ވަމުންދާ ތައްޔާރީތަކުގެ މަޢުލޫމާތު މިނިސްޓަރ އާދަމް ޝަރީފު ވަނީ ޓާސްކްފޯހުގެ ބޭފުޅުނާ ހިއްސާކުރައްވާފައެވެ. އަދި މި ދިޔަ އަހަރު ރޯދަ ހަދިޔާ ބެހުމަށް އެ އިދާރާތަކުން ދެއްވާފައިވާ އެހީތެރިކަމަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ރޯދަ މަހާ ގުޅިގެން ދިވެހި ރައްޔިތުންނަށް ޚާއްޞަ ޢިނާޔަތްތަކެއް ކޮންމެ އަަހަރަކު ވެސް އަންނަނީ ދެއްވަމުންނެވެ. ދިވެހި ގޭބިސީތަކަށް، ރޯދަ ހަދިޔާގެ ގޮތުގައި މި އަހަރު ދެއްވުމަށް ހަމަޖެހިފައި ވަނީ މަސްދަޅު ކޭހެކެވެ.