07 އޭޕްރީލު 2026
ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ށ. ކޮމަންޑޫ މޫސާ ރަމީޒު އަވަހާރަވުމާ ގުޅިގެން މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް ގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވައިފިއެވެ.
މިއަދު ހުޅުވި، ތަޢުޒިޔާގެ ދަފުތަރުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވަނީ ސޮއިކުރައްވާފައެވެ.
މި ދަފުތަރުގައި ސޮއިކުރުން ކުރިއަށްދާނީ އޮންނާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9.00 އިން ފެށިގެން 14.00 އަށެވެ.
މޫސާ ރަމީޒު އަވަހާރަވުމާ ގުޅިގެން މިނިސްޓަރ ''އެކްސް'' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަރްޙޫމު މޫސާ ރަމީޒަކީ ކުޅަދާނަ ހިންގުންތެރިއެއް ކަމަށެވެ. އަދި މުވައްޒަފުންނާ ވެރީންގެ އިތުބާރާއި، ލޯބި ހޯއްދެވި ވެރިއެއް ކަމަށެވެ.