news photo

ރޯދަ ހަދިޔާ ދޫކުރާ މަރުކަޒު ބަދަލުވުން

05 ފެބްރުއަރީ 2026

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރޯދަ ހަދިޔާ ދޫކުރަމުން އައި މަރުކަޒުތަކުގެ ތެރެއިން ހޭންވޭރު ދަނޑުގައި ގާއިމްކޮށްފައިވާ މަރުކަޒުން ދޫކުރަމުން ދިޔަ ރޯދަ ހަދިޔާ މަސްދަޅު ކޭސްތައް، 2026 ފެބުރުވަރީ 5 ވަނަ ދުވަހުގެ ރެއިން ފެށިގެން (މިރެއިން ފެށިގެން) ދޫކުރަމުން ދާނީ ގަލޮޅު ދަނޑުންނެވެ. 

އެހެންކަމުން ރޯދަ ހަދިޔާ ހޯދުމަށް، ހެންވޭރު ދަނޑަށް އެޕޮއިންޓްމެންޓް ހައްދަވާފައިވާ ބޭފުޅުން ރޯދަ ހަދިޔާ މަސްދަޅު ކޭސް ހޯއްދެވުމަށް ގަލޮޅު ދަނޑަށް ދުރުވުމުން، ލިބިލައްވާނެ ވާހަކަ ދަންނަވަމެވެ.