08 އޭޕްރީލު 2026
ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ "އޮފީސް ލީގު 2026" ފުޓްސަލް މުބާރާތުގައި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ ފަރާތުން ވާދަކުރާ ''ކްލަބް އެމް.ސީ.އެލް.ޕީ'' ގެ ފުރަތަމަ މެޗުގައި މިރޭ ކުޅޭނެއެވެ.
ޖުމްލަ 16 ޓީމަކާއެކު މުބާރާތް މިރޭ ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ފަށާއިރު، ޓީމް އެމް.ސީ.އެލް.ޕީ ހިމެނެނީ ގްރޫޕް ބީ ގައެވެ.
މިރޭ 22:00 ގައި ކްލަބް އެމް.ސީ.އެލް.ޕީން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އާ ދެކޮޅަށް ނުކުންނައިރު ހުކުރު ދުވަހުގެރޭ 22:00 އެމްސީއެލްޕީން ބައްދަލުކުރާނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ) އާއެވެ. އަދި އަންނަ އާދިއްތަ (20 އެޕްރީލް) ދުވަހުގެރޭ ނިކުންނާނީ އެމް.ޓީ.ސީ.ސީއާ ދެކޮޅަށެވެ.
މުބާރާތުގައި ބައިވެރިވާ ޓީމް އެމް.ސީ.އެލް.ޕީގެ ކުޅުންތެރިންނާއި އޮފިޝަލުންނާ ޖަރޒީ ޙަވާލުކޮށްދެއްވީ އިއްޔެ މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރެވެ.
މިދިޔަ އަހަރުގެ ބޭއްވި އޮފީސް ލީގްގައި ކްލަބް އެމް.ސީ.އެލް.ޕީގެ ޓީމު ދެވަނަ ބުރަށް ދަތުރުކުރިއެވެ.