05 ފެބްރުއަރީ 2026
ރައްޔިތުންގެ ވޯޓާއެކު އަލަށް އުފެދިގެންދާ ސ. ހުޅުދޫއާއި އައްޑޫ މީދޫގައި ކައުންސިލް ހިންގުމަށް ބޭނުންވާ ޖާގަ އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މި މަހު ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މި ދައުރަށް އިފުތިތާޙުކޮށްދެއްވައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހުޅުދޫއާއި، މީދޫ ކައުންސިލަށް ބޭނުންވާ އިދާރީ މުވައްޒަފުންނާއި، މުނިސިޕަލް ޚިދުމަތް ހަރުދަނާ ކުރުމަށް ޓަކައި ބޭނުންވާ މުވައްޒަފުން ހަމަކުރުމަށް ޓަކައި ކައުންސިލްގެ މުވައްޒަފުންގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނެވިގެންދާނެ ކަމަށެވެ. އަދި މުވައްޒަފުން އިތުރު ކުރެވޭނެކަންވެސް އެ މަނިކުފާނުގެ ވިދާޅުވިއެވެ.
''އައްޑޫ ހުޅުދޫއާއި، އައްޑޫ މީދޫގައި ކައުންސިލް ހިންގުމަށް ބޭނުންވާ ޖާގަ އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މި މަހު ފެށޭނެ'' ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އައްޑުއަތޮޅު ހުޅުދޫއާއި، އައްޑުއަތޮޅު މީދޫއާއި އަދި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޓަކައި 2025 އޮކްޓޯބަރު 25 ވީ ހޮނިހިރު ދުވަހު ނެގި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި، އައްޑުއަތޮޅު ހުޅުދޫއާއި، މީދޫއަށް ޚާއްޞަކޮށްގެން ވަކިން ކައުންސިލް އުފައްދަން ފެންނަކަށް އެ ދެ ރަށުގެ ރައްޔިތުން ވަނީ ވޯޓުދީފައެވެ.