10 ޖޫން 2025
އުފާވެރިކަމުގެ މިންގަނޑެއް (ހެޕިނެސް އިންޑެކްސް) ކަނޑައެޅުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާގެ މުވައްޒަފުންގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއަދު އޮތް މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވިފައިވަނީ އުފާވެރިކަމުގެ މިންގަނޑުގެ މައިގަނޑު އަސާސްތަކާއި، އެ އަސާސްތަކުގެ ތެރޭގައި ހިމެނޭ ދާއިރާތަކުގެ މައްޗަށެވެ. އެގޮތުން މިއަދުގެ މަސައްކަތު ބައްދަލުވުމުގައި ވަނީ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނުން މުހިންމު ކަންކަމާއި، ދާއިރާތަކުގައި ހިމެނިފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފު ޢުމަރާއި މިނިސްޓްރީގެ ވެރިންނާއި އެކި ޑިޕާޓްމަންޓްތަކުގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.