03 ޖުލައި 2025
ކ. އަތޮޅާއި، އއ. އަތޮޅާއި، އދ. އަތޮޅާއި، ވ. އަތޮޅާއި އަދި މ. އަތޮޅުގެ މަސައްކަތްތައް ބެލެހެޢްޓެވުމާއި ޙަވާލުވެތިއްބެވި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމެން އެންޑް ޕަބްލިކް ވަރކްސްގެ ވެރިން، މިނިސްޓަރ އޮފް ސްޕޯރޓް، ފިޓްނެސް އެންޑް ރެކްރިއޭޝަން އޮނަރަބްލް ޢަބްދުﷲ ރާފިޢާ ބައްދަލުކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ސްޕޯރޓް ފިޓްނެސް އެންޑް ރެކްރިއޭޝަންގައި އިއްޔެ ބޭއްވި މި ބައްދަލުވުމުގައި ކ. އަތޮޅާއި، އއ. އަތޮޅާއި، އދ. އަތޮޅާއި، ވ. އަތޮޅާއި އަދި މ. އަތޮޅުގައި ސްޕޯރޓްސް މިނިޓްރީން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮޖެކްޓްތަކުގެ އަދާހަމަ މަޢުލޫމާތު އެއްކުރައްވާފައި ވެއެވެ. އެ ގޮތުން ފިޓްނެސް ރެކްރިއޭޝަން ސެންޓަރތަކާއި، ކުޅިވަރު ކޯޓުތަކާއި، ދަނޑުތަކުގެ މަޢުލޫމާތު ހޯއްދައި އަދާހަމަކުރެވިފައި ވެއެވެ.
މި ބައްދަލުވުމުގައި އެ ފަސް އަތޮޅުގެ ކަންކަން ބެލެހެއްޓެވުމާއި ޙަވާލުވެ ހުންނެވި ޑެޕިޔުޓީ މިނިސްޓަރ އަޙްމަދު ޙަލީމާއި، އަތޮޅުތަކުގެ ކޯޑިނޭޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.