news photo

ތ. ވިލުފުށީ ކައުންސިލުން މިނިސްޓަރާ ބައްދަލުކުރައްވައިފި

22 ޖެނުއަރީ 2026

ކޮޅުމަޑުލު ވިލުފުށީ ކައުންސިލުން މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރާ ބައްދަލުކުރައްވައިފިއެވެ. 

މިނިސްޓްރީގެ ރަށްވެހި މާލަމުގައި މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި ވިލުފުށީ ކައުންސިލުން ވަނީ އެ ރަށު ކައުންސިލް އިމާރާތުގެ ޖާގައިގެ ދަތިކަމާއި، ކައުންސިލްގެ އިދާރާއަށް ބޭނުންވާ އެހެނިހެން ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ. 

މި ބައްދަލުވުމުގައި، ވިލުފުށީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ޕަބްލިކް ވަރކްސް ޔުނިޓާ ބެހޭ މަޢުލޫމާތު މިނިސްޓަރ ވަނީ ކައުންސިލާ ހިއްސާކުރައްވާފައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި މިނިސްޓްރީން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ. 

މި ބައްދަލުކުރެއްވުމުގައި، ލާމަރުކަޒީ ޤާނޫނު ތަންފީޒު ކުރުމަށް ކައުންސިލުން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވައި މިނިސްޓަރ ވިލުފުށީ ކައުންސިލަށް ޝުކުރު އަދާކުރެއްވިއެވެ.