news photo

"ތެވެލި" އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ، ދިރާސާގެ މުހިންމު ކަމުގެ މައްޗަށް ވާހަކަފުޅުދައްކަވައިފި.

19 އޯގަސްޓު 2024

"ތެވެލި" ބައިނަލްއަޤްވާމީ މަހާސިންތާ 2024 އިފްތިތާޙްކުރުމަށް މިއަދު އެމް.އެން.ޔޫގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒް ދެއްކެވި ވާހަކަފުޅުގައި ދިރާސާކުރުމުގެ މުހިންމުކަމާ ދިރާސާގެ އަލީގައި ކަންކަން ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައި ލައްވައިފައިވެއެވެ.

މި ސަރުކާރުގެ ވަޒީރުންގެ ތެރެއިން ދިރާސާގެ ވާހަކަ އެންމެ ފުޅާ ދާއިރާއެއްގައި ދައްކަވައި ބޭފުޅަކީ ސިޓީސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރެވެ.

ސިޓީސް މިނިސްޓްރީގެ ފަރާތުން ރާއްޖޭގައި ހުރި ދެ ޔުނިވަރސިޓީއަކާ ޙަވާލުކޮށްގެން 2 ދިރާސާއެއް މިހާރު ވެސް އަންނަނީ ކުރަމުންނެވެ. އެއީ އިސްލާމިކް ޔުނިވަރސިޓީއަކާއި ޙަވާލުކޮށްގެން ކުރިއަށް ގެންދާ ހެޕިނަސް އިންޑެކްސްގެ ދިރާސާއާއި، ޤައުމީ ޔުނިވަރސިޓީއާ ޙަވާލުކޮށްގެން ކުރިޔަށް ގެންދާ ލާމަރުކަޒީ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމުގެ ދިރާސާއެވެ.

ޤައުމީ ޔުނިވަރސިޓީއާ ޙަވާލުކޮށްގެން ކުރިޔަށް ގެންދާ ލާމަރުކަޒީ ނިޒާމުގެ ދިރާސާ މިހާރު ވަނީ ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އައިސްފައެވެ.