news photo

ލާމަރުކަޒީ ގާނޫނު އެކުލަވާލުމުގައި އެންމެ މުހިންމު މަސައްކަތް ކުރެއްވި 8 ބޭފުޅަކާއި މިނިސްޓަރ އާދަމް ޝަރީފް މިއަދު ބައްދަލު ކުރައްވައިފި

20 އޯގަސްޓު 2024

ލާމަރުކަޒީ ގާނޫނު އެކުލަވާ ލުމުގައި އެންމެ މުހިންމު މަސައްކަތް ކުރެއްވި 8 ބޭފުޅަކާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ބައްދަލު ކުރައްވައިފިއެވެ. އެމަނިކުފާނުގެ މިބައްދަލުކުރެއް ވުމަކީ ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގައި އެބޭފުޅުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ ފުރަތަމަ މަޝްވަރާ ބައްދަލުވުމެވެ.

މިބައްދަލުވުމުގައި ވަޒީރު ވިދާޅުވީ މިމަސައްކަތް މީގެ ކުރިން ކޮށްދެއްވި ބޭފުޅުން އެކޮށްދެއްވި އަގުހުރި މަސައްކަތްޕުޅަށް ވަނީ ވަރަށް ބޮޑަށް ތަޢުރީފް ކުރައްވާފައެވެ. އަދި ވަޒީރުވަނީ އެފަދަ މަސަައްކަތަތކެއް ކޮށްދެއްވުމަށް މިހާރުވެސް އެބޭފުޅުން ތައްޔރަށް ތިއްބެވިކަން ފާހަގަކުރަައްވައި އެފަރާތްތަކަށް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅުގައި ހާއްސަ ޝުކުރެއްވެސް ދަންނަވާފައެވެ.

މިއަދުގެ މިމަޝްވަރާ ބައްދަލުވުމުގައި ވަޒީރު އިތުރަށް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެންނަ އިސްލާހުތައް ގެނައުމުގެ ކުރިން މިފަދަ މަސައްކަތް ތައް މީގެކުރިން ކުރެއްވެވި އެފަދަ ބޭފުޅުންގެ ހިޔާލާއި މަޝްވަރާ އާއި ތަޖުރިބާ ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތާގައިވެސް އެފަދަ ބޭފުޅުންގެ ލަފާ ވަރަށް މުހިންމުވާނެ ކަން ވެސް މިނިސްޓަރ ފާހަގކުރެއްވުމަށް ފަހު ވިދާޅުވީ ކުރިއަށް އޮތްތާގައި އެބޭފުޅުންނާއި އެކު އިތުރުމަޝްވަރާ ބައްދަކުވުމެއް ކުރިއަށް ގެންދަވާނެ ކަަމަށެވެ.

"އަޅުގަނޑުމެން ކުރަން މިއުޅޭ މަސައްކަތުގައި އަޅުގަނޑަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ އަދި ވަރަށް ބޮޑު އުއްމީދެއް އާވެގެން ދިޔަކަމެއް ތިޔަ ހުރިހާ ބޭފުޅުންނަކީ ރައީސުލްޖުމުހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ލަފާ ފުޅާއި އިރުޝާދާއި އެކުގައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ވަރަށް ބޮޑަށް ތިޔަބޭފުޅުންގެ ތަޖްރިބާއާއި

ދަސްކުރެއްވި ކަންތައްތަކުގެ އަލީގައި ލާމަރުކަޒީ ނިޒާމަށް ވަރަށް ހެޔޮބަދަލުތަކެއް ގެނައުމުގެ ފުރުސަތު އޮތް ބޭފުޅުން ތަކެއްކަން މިހާރުގެ ރައީސުލްޖުމުހުރިއްޔާ ކުރީގެ ސިޓީ ކައުންސިލް މޭޔަރު ފާހަގަކުރެއްވެވީ ވަރަށް ހަރުދަނާ ބޭފޫޅުންތަކެއް ކަމަށް ތިޔަ ބޭފުޅުންނަކީ " މިނިސްޓަރ ވިދާޅުވިއެވެ.

މިއަދުގެ މިބައްދަލުވުމުގެ ބައިވެރިވި ބޭފުޅުންވަނީ އެބޭފުޅުންގެ ފަރާތުން ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތް ތަކަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެ، އެކަމާގުޅޭ ބައެއް ކަންކަމާ ގުޅޭގޮތުން ހިޔާލު ފާޅުކުރައްވާ މަޝްވަރާ ދެއްވާފައެވެ.

މިއަދު މިބައްދަލު ވުމުގައި ބައިވެރިވެ ވަޑައިގެންނެވީ ކުރީގެ ޕްލޭނިންގ މިނިސްޓަރ ހަމްދޫން ހަމީދާއި، ކުރީގެ މާލޭ ސިޓީ ކައުންސިލްގެ މޭޔަރުންކަމުގައިވާއި ، ޝިފާ މުހައްމަދާއި، ސަރަނގު އާދަމް މަނިކާއި، ކުރީގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާާއި، ކުރީގެ އެލް.ޖީ.އޭގެ އެސް.ޖީ މުހައްމަދު ޒާހިދު އާއި ކުރީގެ ސީއީއޯ ޑރ ޝުކުރީގެ އިތުރަށް ސަލްމާ ފިކުރީއެވެ.

ލާމަރުކަޒީ ނިޒާމައް ސަރުކާރުން އިސްލާހު ގެނައުމަށް ބޭނުންވަނީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. އެގޮތުން މިނިސްޓަރ އިއްޔެވަނީ ރައްޔިތުންގެ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީ އަށް ކަމާ ގުޅޭ މައުލޫމާތު ދެއްވާފައެވެ. އަދި މީގެ އިތުރަށް ޤައުމީ ޔުނިވާރސިޓީން ލާމަރުކަޒީ ނިޒާމާއި ގުޅޭގޮތުން ހަދަމުންގެންދާ ދިރާސާ ރިޕޯރޓް މިއަންނަ އާދީއްތަ ދުވަހު ލިބެންވާއިރަށް މިމިނިސްޓްރީން ވަނީ ލާމަރުކަޒީ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަތުމާއި ގުޅޭގޮތުން ސިޓީތަކާއި، އަތޮޅުތަކާއި، ރަށްރަށުގެ ކައުންސިލަރުންނާއި، އާއްމު ރައްޔިތުންގެ މަޝްވަަރާ އާއި ހިޔާލު ހޯދުމަށް ހާއްސަ ޓީމުތަކެއް އެކުލަވާ ލައްވައި އަތޮޅުތަކަށް ފުރުމަށް ވަނީ ތައްޔާރު ވެފައެވެ.