ރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު އެކުލަވާ ލުމަށް އަރިއަތޮޅު ދެކުނު ބުރީ ހަންޏާމީދޫގައި ބޭއްވި ވޯރކްސޯޕަކީ ވަަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއެޖެއެވެ.
އެމަނިކުފާނުނުއިތުރަށް ވިދާޅުވީ ހަންޏާމީދޫގައި ބޭއްވި "ހެޕިނެސް އިންޑެކްސް" ދިވެހިރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު ކަނޑައެޅުމަށް ޓަކައި ވާންޖެހޭ ތައްޔާރީތައް ވުމަށް ބާއްވަމުން ގެންދަވާ މަސައްކަތު ބައްދަލުވުމަށް އެހާބޮޑު ތަރުހީބެއް ލިބިގެން ދިޔައީ ރައްޔިތުންގެ ކަންކަމުގައި ރައްޔިތުން ބައިވެރިކޮށްގެން އެފަދަކަންކަން ކުރުމުން ލިބުނުތަރުހީބުގެ މިންވަރު ބޮޑުވެގެން ދިޔަ ކަމުގައި ވިދާޅުވިއެވެ.
"ރައްޔިތުންދެއްވި ތަރުހީބާއި ރަށުކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ދެއްވި އެއްބާރުލުމަށް ޝުކުރު ދަންނަވަން: ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މިބައްދަލުވުމުގައި ދެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. މީގެއިތުރަށް އިސްލާމިކް ޔުނިވާރސީޓީގެ ފަރާތުން މިކަމުގައި ވެދެއްވާ އެހީތެރިކަމަށް ޓަކައި އެ ޔުނިވާރސިޓީގެ ބޭފުޅުންނާއި ސިޓީސް މިނިސްޓްރީން މިކަމުގައި އިސްކޮށް މަސައްކަތް ކުރައްވާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.