news photo

ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް އައިޑީ ކާރޑާއި ޕާސްޕޯރޓްގެ ހިދުމަތް ދެއްވުމަށް ގިނަ ކައުންސިލްތަކުން މަސައްކަތް ކުރައްވާ: ވަޒީރު އާދަމް ޝަރީފް

20 ސެޕްޓެމްބަރު 2024

ރައީސުލްޖުމުހުރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އައިޑީ ކާރޑާއި ޕާސްޕޯރޓްގެ ހިދުމަތް ދެއްވުމަށް ގިނަ ކައުންސިލްތަކުން ޝައުގުވެރިިކަމާއި އެކު އެކަމަށް ވަރަށް ގިނަ ކައުންސިލްތަކުން އެކަމަށް މަސައްކަތް ކުރައްވާ ކަމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއެޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.

މިކަން އިތުރަށް ތަފްސީލް ކޮށްދެއްވަމުން މިނިސްޓަރ ވިދާޅުވީ އެކަން ހާމަވަނީ ސަރުކާރާއި އެކު ކައުންސިލްތައް ގުޅިގެން މަސައްކަތްކުރެވޭނެ މާހައުލެއް ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެ ސަރުކާރުން އުފައްދަވާ ދެއްވާފައި ވުމުން ކަމަށެވެ. އަދި މިކަމުން ދޭހަވަނީ ރާއްޖޭގައި މަލްޓިޕާރޓީ ޑިމޮކްރަސީ ހަރުދަނާ ވަމުން އަންނަ ކަމަށެވެ.

"މިކަމުން ހާމަވަނީ ސަރުކާރާއި ކައުންސިލްތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ރައީސުލްޖުމުހިރއްޔާ ޑރ.މުހައްމަދު މުއިއްޒު ގެ ސަރުކާރުން އުފައްދަވާފައި ވާކަން" ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

މީގެ އިތުރަށް އެމަނިކުފާނުވަނީ މިމަސައްކަތް ކުރުމުގައި ދެމިތިބި ހުރިހާ ކައުންސިލްތަކަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރަށް ހުވަދު އަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ނަން ފާހަގަކުރައްވާ އެކައުންސިލަށް ވެސްވަނީ ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.