news photo

އުފާވެރިކަމުގެ މިންގަނޑެއް ރާއްޖޭގައި ކަނޑައެޅުމުން ދާ ވަގުތެއްގައި އަންހެންބޭފުޅުންގެ މަޝްވަރާ ވަަރަށް މުހިންމު:ވަޒީރު އާދަމް ޝަރީފް

22 އޮކްޓޯބަރު 2024

އުފާވެރިކަމުގެ މިންގަނޑެއް( ހެޕިނެސް އިންޑެކްސް) ރާއްޖޭގައި ކަނޑައެޅުމުން ދާ ވަގުތެއްގައި އަންހެންބޭފުޅުންގެ މަޝްވަރާ އާއި މުހިންމުކަން ވަރަށް ބޮޑުކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއެޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލުމުގެ ގޮތުން މިއަދު ބޭއްވި 3 ވަނަ މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނާއި މުހާތަބް ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދުގެ މި ބައްދަލުވުން ހާއްސަ ކުރެވިފައިވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ކޮމިޓީ ތަކުގެ މެންބަރުންނަށް ހާއްސަ ކުރައްވައިގެންނެވެ. މިބައްދަލުވުމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ ޑަބުލިޔު.ޑީ.ސީ ތަކުގެ 200 އަށް ވުރެ ގިނަ އަންހެންބޭފުޅުން ބައިވެރިވެލެއްވިއެވެ.

މިމަސައްކަތު ބައްދަލުވުމުގެ ބައިވެރިންނާއި މުހާތަބް ކުރައްވާ ވަޒީރު އިތުރަށް ވިދާޅުވީ ތަރައްޤީ އާއި ތަހްޒީބު ކުރިއެރުމަށް ޓަކައި އަންހެން ބޭފުޅުން ކުރައްވަނީ ވަރަށް ފަހްރުވެރިވާނެ މަސައްކަތެއް ކަމަށާއި މިފަދަ މަސައްކަތްތައް އަންހެން ބޭފުޅުން ވަރަށް ބުރަކޮށް ކުރައްވަމުންގެންދަވާ ކަމުގައި ފާހަގަކުރެއްވިއެވެ. "މިތައްޔާރުކުރެވޭ މިންގަނޑު ވާނީ އޭގެޒާތުގައި އެންމެ ފަހުން ކައުންސިލްތަކާއި ޑަބުލިޔު ޑީސީ ގުޅިގެން އެރަށެެއްގެ ހާލަތު ދެނެގަތުމަށް އަލުގަނޑުމެން ބޭނުންކުރާ މިންގަޑަކަަށް ނުވަތަ ބޭނުންކުރާ ވަސީލަތަކަށް" ވަޒީރު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް ގެންނަން ޖެހޭ ބަދަލުތަކާއި ރަށްރަށަށް ގެންނަޖެހޭ ބަދަލުތަކުގައި ފުޅާދާއިރާއެއްގައި މަސައްކަތްތަކެއް ކުރައްވައިގެން މެނުވީ އެބަދަލުތައް ނުގެނޭވެނެކަންވެސް ފާހަގަކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅުކުރިއަށް ގެންދަވަމުން މިނިސްޓަރ ވިދާޅުވީ އުފާވެރިކަމުގެ އިންޑެކްސް އެކުލަވާލުމުގެ މިފަދަ މަސައްކަތު ބައްދަލުވުންތަކުން ލިބޭ މުހިންމު މަޢުލޫމާތު ވަރަށް ފުޅާދާއިރާއެއްގައި ބޭނުންކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީން އެމަސައްކަތްތައްް ކުރައްވަމުން ގެންދަވަނީ ވަރަށް ފުރިހަމަ ގޮތެއްކައި ކަން ފާހަގަކުރައްވައި އެޔުނިވާރސިޓީގެ އިސް ބޭފުޅުންނާއި މިކަމުގައި ޝާމިލްވެ އުޅުއްވާ ހުރިހާފަރާތްތަކަށް ވަނީ އެމަނިކުފާނު ޝުކުރު އަދާކުރައްވާފައެވެ.