06 ފެބްރުއަރީ 2024
ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް މިސަރުކާރުން ވަރަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހަތްރަށެއްގެ ރަށުކައުންސިލާއި ގއ.އަތޮޅުކައުންސިލާއި ބައްދަލުކުރެއްވުމަށްފަހު ދެއްވި ބްރީފިންއެއްގައެވެ.
މިނިސްޓަރ ވިދާޅުވީ ރައީސް ޑރ، މުހައްމަދު މުއިއްޒުގެ ގެ ޒަޢާމަތުގައި ރަށްރަށުގެ ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިުކަމުގެ މައްސަލަ ހައްލުކުރުމަށް ރައީސް ގެ ލަފާފުޅާއި މަޝްވަރާއާއިއެކު ކުުރިއަށް ގެންދަވާނެ ކަމަށެވެ.
"އޭރުގަ ކަތީބަކާއި ކުޑަކަތީބަކަށް ތައްޔާރުކުރި އޮފީހުގައި މިއަދު ފަސްކައުންސިލަރުންނާއި ސެކްރެޓަރީޖެނެރަކަލާއި އަދި އިތުރު މުއައްޒަފުންނާއި އެކު މަސައްކަތް ކުރަންޖެހުނީމައި އިދާރީ ވަރަށް ބޮޑެތި ދަތިތައް އެބަހުރި، އަދި އުމުރާނީގޮތުން އިމާރާތްތައް ވަނީ ވަރަށް ބޮޑައް ބާވަފަ އެހެންކަމުން ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކައުންސިލަތަކަށް ދިމާވެފައި"
މިނިސްޓަރ ވިދާޅުވީ މީގެއިތުރަށްވެސް ރަށްރަށައް ލިބޭ ބްލޮކް ގްރާންޓް ގެ އެހީގެ ގޮތުގައި ދެއްވާ ފައިސާގެ އެހީ ކުޑަވުމާއި އެކައުންސިލްތަކުން ކުރަންޖެހޭ ހަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ޝަކުވާލިބެމެންދާކަމަށާއި އެހެންކަމުން ކައުންސިލްތަކަށް ލިބޭފައިސާ މިހާރަށް ވުރެ ބޮޑަށް އިތުރުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.
މިނސްޓަރާ ބައްދަލުކުރެއްވި ގއ. އަތޮޅު ކައުންސިލްގެ އިތުރަށް ހއ. ތުރާކުނު ހދ، ހިރިމަރަދޫ ށ، މަރޮށި ބ.ކަމަދޫ، އ.އ ހިމަންދޫ އާއި ރ.މަޑުވައްރީ ކައުންސިލްގެ އިތުރަށް ދިއްގަރު ކައުންސިލެވެ.
"ރަށްރަށުގެ ކައުންސިލްތައް ހިންގަމުން އެގެންދަނީ މީގެ ސާޅީހަކަށް އަހަރު ކުރިން އަޅާފައިވާ އިމާރާތްތަކެއްގަ. އޭރުގަ ކަތީބަކާއި ކުޑަކަތީބަކަށް ތައްޔާރުކުރި އޮފީހުގައިމިއަދުނފަސްކައުންސިލަރުންނާއި ސެކްރެޓަރީޖެނެރަކަލާއި އަދި އިތުރު މުއައްޒަފުންނާއި އެކު މަސައްކަތް ކުރަންޖެހުނީމައި އިދާރީ ވަރަށް ބޮޑެތި ދަތިތައް އެބަހުރި، އަދި އުމުރާނީގޮތުން އިމާރާތްތައް ވަނީ ވަރަށް ބޮޑައް ބާވަފަ އެހެންކަމުން ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ދިމާވެފައި" މިނިސްޓަރ ވިދާޅުވީ މީގެއިތުރަށްވެސް ރަށްރަށައް ލިބޭ ބްލޮކް ގްރާންޓް ގެ އެހީ