މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ފާއިތުވެ ދިޔަ އަހަރުގެ ކާމިޔާބީ ފާހަގަކުރައްވައި އެކުލަވައިލި "ދުވެލި" ފޮތް ނެރެދެއްވައިފިއެވެ. މި ފޮތް ނެރެދެއްވީ ސަރުކާރަަށް އެއް އަހަރު ފާހަގަކުރުމަށް، މިއަދު ހެދުނު މި މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި މިނިސްޓަރ އާދަމް ޝަރީފް ޢުމަރެވެ.
"ދުވެލި" ފޮތަކީ މިނިސްޓްރީން ވޭތުވެ ދިޔަ އެއް އަހަރު ކުރި މަސައްކަތަތަކަށް އަލި އަޅުވާލައްވައި ސަރުކާރުގެ ކާމިޔާބީ ފާހަގަކޮށް ސިޓީސް މިނިސްޓްރީން ނެރުނު ފޮތެކެވެ. މި ފޮތް އެކުލަވައިލުމުގައި މިނިސްޓްރީގެ ހީވާގި މުވައްޒަފުން ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކުރައްވައި އެ ބޭފުޅުންނަށް މިނިސްޓަރ އާދަމް ޝަރީފް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި "ދުވެލި" މި ފޮތަކި ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހިމެނޭ ފޮތެކެވެ. މިއަދުން ފެށިގެން މި ފޮތުގެ ލިންކު މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. އަދި މީގެ އިތުރަށް ފޮތް ޕްރިންޓްކުރުމަށް ފަހު ސަރުކާރުގެ އެންމެހައި މުއައްސަސާތަކާއި، ކުންފުނިތަކަށް ހިލޭ ބެހުމަށް ވަނީ ނިންމާފައެވެ.