news photo

ފ އަތޮޅު ކައުންސިލައް އިންތިހާބުވެ ވަޑައިގެންނެވި ހައްވާ އަބުދުލް އަޒީޒަށް ވަރަށްހޫނު މަރުހަބާއެއް މިނސްޓަރ އާދަމް ޝަރީފް ދަންނަވައިފި

10 ފެބްރުއަރީ 2024

ނިލެންދެ އަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަރު މަގާމަށް އިންތިހާބުވެ ވަޑައިގެންނެވި ފުރަތަމަ އަންހެން އަތޮޅުކައުންސިލަރު ހައްވާ އަބުދުލް އަޒީޒަށް ވަރަށްހޫނު މަރުހަބާއެއް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ދަންނަވައިފިއެވެ.

އެމަނިކުފާނު މަރުހަބާ ދަންނަވައި މިއަދު ކުރެއްވެވި ޓްވީޓްގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމުގައި އަންހެނުން ބާރުވެރިކުރެއްވުމަށް ރައީސުލް ޖުމުހްރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ސްޓްރެޖިކް މަސައްކަތްތަކަށް ލިބުނު ކާމިޔާބީއެއްކަމަށާއި ، މިއަދު އިންތިހާބުވެވަޑައިގެންނެވި ހައްވާ އަބުދުލް އަޒީޒަށް ކާމިޔާބީއަށް އެދޭކަމަށެވެ.

ހައްވާ އަބުދުލްއަޒީޒް އަތޮޅުކައުންސިލް ބައިއިލެކްޝަން ކާމިޔާބްކުރައްވާފައިވަނީ ނުވަސަތޭކައަށް ވުރެ ގިނަ ވޯޓް ހޯއްދަވައިގެންނެވެ.