news photo

ވަޒީރު އާދަމް ޝަރީފު ޢުމަރުގެ ޚިދުމަތް ފާހަގަ ކުރައްވައިފި

08 ޑިސެމްބަރު 2024

 

މާފަންނު މަދަރުސާއަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ކުރެއްވެވި ޚިދުމަތްތައް ފާހަގަކުރައްވާ ހަނދާނީ ފިލައެއް ވަޒީރު އާދަމް ޝަރީފު ޢުމަރަށް އެ ސުކޫލުން ދެއްވައިފިއެވެ.

މާފަންނު މަދަރުސާއަށް 40 އަހަރު ފުރުން ފާހަގަކުރުމަށް އިއްޔެ ހަވީރު ބޭއްވި ޚާއްޞަ އިޙްތިފާލުގައި މި ފިލާ ހަވާލުކޮށް ދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

މިއީ މާފަންނު މަދަރުސާގެ  އެސިސްޓެންޓް ޕްރިންސިޕަލްކަން 5 އަހަރު ކުރައްވާފައި ވާތީ، އެ ކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ސުކޫލުން، ވަޒީރު އާދަމް ޝަރީފު އުމަރަށް އެރުވި ހަނދާނީ ފިލައެކެވެ.

މާފަންނު މަދަރުސާއަށް 40 އަހަރު ފުރުން ފާހަގަކުރުމަށް އިއްޔެ ހަވީރު ބޭއްވި ޚާއްޞަ އިޙްތިފާލުގައި ދައުލަތުގެ ވަޒީރުންނާއި، މާފަންނު މަދަރުސާގެ ގިނަ ޢަދަދެއްގެ ޚިދުމަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.