news photo

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އުވާނުލައްވާނަން: ރައީސް

09 ޑިސެމްބަރު 2024

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އުވާނުލައްވާނަން: ރައީސް

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އުވާނުލައްވާނެ ކަމަށާ އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދިނުމުގެ އިތުރުން އެ ކަމަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އއ. އަތޮޅު ކައުންސިލު އިދާރާގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އުވާނުލައްވާނެ ކަމަށާ، އެ ކޮމިޓީތައް ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް މި ސަރުކާރުން ކުރައްވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި އަތޮޅަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމާއި، ރަސްދޫ ކައުންސިލު އިދާރާއާއި ސްކޫލު ހޯލުގެ ޖާގައިގެ ދަތިކަން ވަނީ ރައީސުލްޖުމްހޫރިއްޔާއާ، އެ ކައުންސިލުގެ މެންބަރުން ހިއްސާކުރައްވާފައެވެ.

ރައީސްގެ އިތުރުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ސަރުކާރުގެ އިސް ބޭބޭފުޅުން ވަނީ އުކުޅަހާއި، އަތޮޅުގެ އެހެން ރަށްރަށުގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރުޢުތަކުގެ މަޢުލޫމާތު އެ ކައުންސިލްގެ މެންބަރުންނާ ހިއްސާކުރައްވާފައެވެ.