09 ޑިސެމްބަރު 2024
އިޤްތިޞާދީ މަސައްކަތްތަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ެެއެ މަނިކުފާނު މިހެން ވިދާޅުވީ ރަސްދޫ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގަ އެވެ. ރަސްދޫ ކައުންސިލު އިދާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ރަސްދޫ ކައުންސިލުން އެދުނު ކަންކަމުގެ އިތުރުން އެ މަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ފުރިހަމަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
ކައުންސިލުން އިޤްތިޞާދަށް ފައިދާވާ ފަދަ މަސައްކަތެއް ކުރަން ހުށައަޅައިފި ނަމަ އެ ކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު އާދަމް ޝަރީފު އުމަރު ބައިވެރިވެވަޑައިގެންނެވިއެވެ.