13 ޖެނުއަރީ 2025
މިހާރުކުރަމުންދާ ވިއްސާރައާ ގުޅިގެން މާލެއަތޮޅު ހިންމަފުއްޓަށް ލިބުނު ގެއްލުންތައް ދެނެގަތުމަށް، ހިންމަފުށި ހިމެނޭ ކުލަސްޓަރގެ ބޭފުޅުން އެ ރަށު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ކައުންސިލް އިދާރާ އެޅުމާ ބެހޭ ގޮތުންނާއި، ފާޚާނާ ނިޒާމަށް ދިމާވެގެން އުޅޭ މައްސަލައާ ބެހޭ ގޮތުން މަޝްވަރާކުރެވިފައިވެއެވެ.
ހިންމަފުށީ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ކުލަސްޓަރ 3 ގެ ހެޑް ޑެޕިޔުޓީ މިނިސްޓަރ އަޙްމަދު ޙަލީމާއި، ކުލަސްޓަރގައި ހިމެނިލައްވާ އެންމެހައި ބޭފުޅުން ބައިވެރިވެލެއްވިއެވެ.