news photo

ހެޕިނަސް އިންޑެކްސް އެކުލަވައިލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ޕީ.އެސް. އެމް އާއެކު ބައްދަލުވުމެއް ބާއްވައިފި

13 ޖެނުއަރީ 2025

ދިވެހިންގެ އުފާވެރިކަން ވަޒަންކުރުމަށް ހެޕިނަސް އިންޑެކްސްއެއް އެކުލަވައިލުމަށް މި ވުޒާރާއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ދައުލަތުގެ މީޑިއާ ޕީ.އެސް. އެމްގެ ވެރިންނާއެކު މުހިންމު ބައްދަލުވުމެއް ބާއްވައިފިއެވެ. 

ޤައުމެއްގެ ކުރިއެރުމާއި، ކާމިޔާބީ މިންކުރާ ހަމައެކަނި މިންގަނޑަކީ އެ ޤައުމަކުން ފެންނަ ޢުމްރާނީ ތަރައްޤީއާއި، ލިބެން ހުންނަ ޚިދުމަތްތަކުގެ ޢަދަދާއި، ފެންވަރު ނޫން ކަމުން ރައްޔިތުންގެ ހިތްހަމަޖެހުމާއި، އުފާވެރިކަން ހުރި ނެތް މިންވަރު ވަޒަންކުރުމަށް، އެކުލަވައިލާ  "ހެޕިނަސް އިންޑެކްސް" އާއި ގުޅޭ މަޢުލޫމާތު ދައުލަތުގެ ޓީވީ އަދި ރޭޑިއޯ ޗެނަލްތަކުން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ގުޅިގެން މަސައްކަތްކުރުމަށް، މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.