13 ޖެނުއަރީ 2025
މިއަދު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ދިއްގަރު ކައުންސިލުން ވަނީ ރަށުގައި މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ވަޒީރު އާދަމް ޝަރީފު ޢުމަރާ، ހިއްސާ ކުރައްވާފައެވެ.
މީގެ އިތުރުން އެ ކައުންސިލުން މި ހިނގާ 2025 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ބައެއް ކަންކަމުގެ މަޢުލޫމާތު ވެސް ވަނީ ވަޒީރާ، ހިއްސާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ލޯކަލް ގަވަރމަންޓް ޑިޕާޓްމެންޓް ހިންގެވުމާ ޙަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރާއި، ދިއްގަރު ހިމެނޭ ކުލަސްޓަރ ހިންގެވުމާ ޙަވާލުވެ ހުންނެވި ޑެޕިޔުޓީ މިނިސްޓަރ އަޙްމަދު ޙަލީމާއި، އެ ކުލަސްޓަރގެ އަތޮޅު ކޯޑިނޭޓަރުން ބައިވެރިވެލެއްވިއެވެ.