16 ޖެނުއަރީ 2025
މި ބައްދަލުވުމުގައި ވަޒީރުގެ އިތުރުން ލޯކަލް ގަވަރމެންޓް ޑިޕާރޓްމެންޓް ހިންގެވުމާ ޙަވާލުވެހުންނެވި ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރާއި، ކްލަސްޓަރ އެގްޒެކްޓިވް ޑެޕިއުޓީ މިނިސްޓަރ އިސްމާޢީލް ނާފިޢުގެ އިތުރުން އަތޮޅު ކޯޑިނޭޓަރ ބައިވެރިވެލެއްވިއެވެ.
މި ބައްދަލު ކުރެއްވުމުގައި ބ. އަތޮޅުގެ ރައްޔިތުން ޕިކްނިކްދާނެ ރަށެއް ނެތުމުން، ޕިކްނިކްދާނެ ރަށެއް ތަރައްޤީކުރުމަށް ބ. އަތޮޅު ވިލިނގިލިފަރު ފިނޮޅު ބ. އަތޮޅު ކައުންސިލަށް ހަމަޖައްސައި ދެއްވުމަށް ވަނީ އަތޮޅު ކައުންސިލްގެ ރައީސް އެދިލައްވާފައެވެ.
ބ. އަތޮޅު ކައުންސިލަށް އެ ފިނޮޅު ހަމަޖައްސަވައި ދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ، މި ބައްދަލުވުމުގައި ދެއްވާފައެވެ.