news photo

ނިމި ދިޔަ ހަފުތާތެރޭ ގިނަގުން މަސައްކަތްތަކެއް ކޮށްފި

19 ޖެނުއަރީ 2025

ނިމި ދިޔަ ހަފުތާތެރޭ ގިނަގުނަ މަސައްކަތްތަކެއް އައްޑޫ ސިޓީ ޕަބްލިކް ވާރކްސް ޔުނިޓުން، އެ ސިޓީގައި ކޮށްފިއެވެ.

ކުރެވުނު މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ސާފުކުރުމާއި، ވެހިކަލްތަކަށް ވެލި ބަރުކޮށްދިނުމާއި، ލިންކު ރޯޑް މަރާމާތުކުރުމާއި، ކުޅިވަރު ކޯޓުތަކަށް ވެލިއަޅައިދިނުމާއި، ބައެއް ކުޅިވަރު ކޯޓުތަކުގެ ވެލިގަނޑު  ހަރުކޮށްދިނުން ފަދަ  މަސައްކަތްތައް ހިމެނެއެވެ.

އެ ގޮތުން އެމްޑީއެފް އެއަރކޯ ސަރަޙައްދުން 588950 އަކަފޫޓް ސާފުކޮށް ދެވިފައިވެއެވެ. ތަފާތު ބޭނުންތަކަށް 500 އެއްހައި ޓަނުގެ ވެލި ލޮރީތަކަށް ބަރުކޮށްދެވިފައި ވެއެވެ. ފޭދޫ ވޮލީ ކޯޓާއި، ހިތަދޫ ޔޫތު ސެންޓަރުގެ ވޮލީ ކޯޓަށް ވެލިއަޅައިދީ، ހިތަދޫ ސްޓޭޖް ހައުސްގެ ވޮލީ ކޯޓުގައި ބަރުއަޅައި ދެވިފައި ވެއެވެ. 

މީގެ އިތުރުން  ވޭތުވެ ދިޔަ ހަފުތާގައި އެ ޔުނިޓުން ކުރި މަސައްކަތުގެ ތެރޭގައި، ޕޮލިސް އެކެޑެމީގެ ސިންތެޓިކް ޓްރެކް އޭރިޔާގެ 7500 އަކަފޫޓުގެ މަގު ލެވެލްކޮށް ވެލިގަނޑު ހަރުކޮށްދިނުން ވެސް ހިމެނެއެވެ.