news photo

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާތަކުގެ ބިންގާ އެޅުމަށް ތައްޔާރުވެއްޖެ

21 ޖެނުއަރީ 2025

ކައުންސިލް އިދާރާތައް އަލުން ޢިމާރާތްކުރުމަށް ރައީސްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ 55 ކައުންސިލް އިދާރާގެ މަސައްކަތް، ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަނީ ވެފައެވެ.

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މި 55 ކައުންސިލް އިދާރާގެ މަސައްކަތް ކުރިއަށް ގެންދަނީ މެލޭޝިއާގެ ކުންފުންޏެއް ކަމުގައިވާ "ހެކްސްޓަރ ގްލޯބަލް" އިންނެވެ. އުންމީދު ކުރެވެނީ ހިނގަމުން މިދާ ހަފުތާ ތެރޭ، މީގެ ތެރެއިން ބައެއް ތަންތަނުގެ ބިންގާ އެޅިގެންދާނެ ކަމަށެވެ. 

ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ކައުންސިލް އިދާރާތައް 

ހއ. އަތޮޅު: މާރަންދޫ، ތުރާކުނު، އުލިގަމް، މުރައިދޫ، ބާރަށް، ފިއްލަދޫ، ތަކަންދޫ، އުތީމު 

ހދ. އަތޮޅު: ނާވައިދޫ، ނެއްލައިދޫ، ނޮޅިވަރަމް، ނޮޅިވަރަމްފަރު 

ށ. އަތޮޅު: ޅައިމަގު، މާއުނގޫދޫ، މަރޮށި، ބިލެއްފަހި 

ނ. އަތޮޅު: ކުޑަފަރި، މާފަރު، ހޮޅުދޫ 

ރ. އަތޮޅު: އަލިފުށި، ރަސްމާދޫ، އިންނަމާދޫ، އިނގުރައިދޫ، ފައިނު، ކިނޮޅަސް، މަޑުއްވަރީ، މާކުރަތު 

ބ. އަތޮޅު: ދޮންފަނު، ހިތާދޫ، ކެންދޫ 

ޅ. އަތޮޅު: އޮޅުވެލިފުށި، ހިންނަވަރު

ކ. އަތޮޅު: ގުޅި 

އއ. އަތޮޅު: ހިމަންދޫ، ބޮޑުފޮޅަދޫ، ރަސްދޫ، ތޮއްޑޫ، އުކުޅަސް 

އދ. އަތޮޅު: އޮމަދޫ، ދަނގެތި 

ވ. އަތޮޅު: ކެޔޮދޫ 

މ. އަތޮޅު: ނާލާފުށި

ފ. އަދޮޅު: މަގޫދޫ، ނިލަންދޫ 

ދ. އަތޮޅު: ރިނބުދޫ 

ތ. އަތޮޅު: ކަނޑޫދޫ، ވަންދޫ، ހިރިލަންދޫ 

ލ. އަތޮޅު: މާމެންދޫ 

ގއ. އަތޮޅު: ވިލިނގިލި، ގެމަނަފުށި، ކަނޑުހުޅުދޫ، ކޮލަމާފުށި، ދެއްވަދޫ 

ގދ. އަތޮޅު: ވާދޫ 

ބާވެ ވީރާނާވެފައިވާ، ރަށްރަށުގެ ކައުންސިލް އިދާރާތައް ޢިމާރާތްކުރުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވައި މަޝްރޫޢެކެވެ. ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލްގެ އިތުރުން، ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ތެރޭން 50 ކައުންސިލެއްގެ އިދާރާ ވެސް ޢިމާރާތްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ޕީއެސްއައިޕީ ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭ ކައުންސިލްތަކުގެ މަސައްކަތް ވެސް ކައިރި ތާރީޚެއްގައި ފެށިގެން ދާނެ ކަމަށް ލަފާކުރެވެއެވެ.