news photo

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލަކީ ނަމޫނާ ކައުންސިލެއް: ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު

21 ޖެނުއަރީ 2025

މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލަކީ ނަމޫނާ ކައުންސިލެއް ކަމަށް ރައީސލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ހާމަކުރައްވައިފިއެވެ.

ވަޒީރު އާދަމް ޝަރީފު ޢުމަރު މި ގޮތަށް ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ތަފްޞީލް ދެއްވަމުން އެ ޕޯސްޓްގައި ވަޒީރު ހާމަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އެހެން ވިދާޅުވީ ވާދޫ ކައުންސިލާއި، އެ ރަށުގެ އެންމެހައި މުއައްސަސާތަކުގެ ވެރީންނާ ބައްދަލުކުރެއްވުމަށް މިއަދު ހެނދުނު ރ. ވާދޫގައި ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު އުތުރުބުރީ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ވަނީ ފުރާވަޑައިގަންނަވައި ފައެވެ. މި ދަތުރުފުޅުގައި ވަޒީރު އާދަމް ޝަރީފު ޢުމަރުގެ އިތުރުން ބައެއް ވުޒާރާތަކުގެ ވަޒީރުން ބައިވެރިވެ ވަޑައިގަންނަވައެވެ.