21 ޖެނުއަރީ 2025
ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރާ ކައުންސިލްތައް ޢިމާރާތްކުރަނީ މެލޭޝިއާގެ ހެކްސްޓަަރ ގްލޯބަލްއިން ކަމަށް ވަޒީރު އަާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވެ، އެކްސްގައި ކުރެއްވި ޕޯސްޓްގައި އެ އޮފީސްތައް ޢިމާރާތްކުރަނީ އެ ކުންފުނީގެ ޚަރަދުގައި ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
ތަފްޞީލު ދެއްވަމުން ވަޒީރު ވިދާޅުވެފައި ވަނީ އެ ކުންފުނިން މަސައްކަތްކުރާނީ ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ ބޭނުން ހިފައިގެންނެވެ. އަދި އެޑްވާންސްކޮށް ސަރުކާރުން ހެކްސްޓަރ ގްލޯބަލްއަށް ފައިސާ ނުދެއްވާނެ ކަމަށް ވެސް ބަޔާންކުރައްވާފައި ވެއެވެ.
އެކްސްގައި، ވަޒީރުކުރެއްވި މި ޕޯަސްޓްގައިވާ ގޮތުން އެ ފަރާތަށް ސަރުކާރުން ފައިސާ ދޭންޖެހޭނީ ޢިމާރާތް ނިންމާ، ފަރނީޗަރ ލައި، ކައުންސިލް ބޭނުންކުރަން ފަށާތާ 3 މަސް ފަހުންނެވެ. އަދި މި ޕްރޮޖެކްޓުން ދިވެހިންނަށް މަސައްކަތް ވެސް ލިބޭނެއެވެ.
ވަޒީރުގެ މި ޕޯސްޓްގައި، މި ޕްރޮޖެކްޓްގެ ކަންކަން ދެފުށްފެންނަ ގޮތަށް ކުރިއަށް ދާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.