news photo

ކައުންސިލްތައް މާލީ ގޮތުން ބާރުވެރި ކުރުމަކީ ރައީސްގެ އަމާޒެއް: ވަޒީރު އާދަމް ޝަރީފު ޢުމަރު

21 ޖެނުއަރީ 2025

މާލި ގޮތުން ކައުންސިލްތައް ބާރުވެރި ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް މުހިންމެ އަމާޒެއް ކަމުގައި ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ގޮތުން ލޯކަލް ޓޫރިޒަމުން ލިބޭ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލް ހިންގުމަށް ލިބޭ ފައިސާގެ ގޮތުގައި ހަމަޖެއްސުމަކީ ކައުންސިލްތައް ބާރުވެރި ކުރެއްވުމަށް އެޅުއްވި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

މީގެ އިތުރުން ކައުންސިލްތަކަށް ފަޅު ރަށް ލިބޭނެ އުޞޫލުތަކެއް ކަނޑައަޅުވައި އާންމުކޮށް ހުޅުވާލައިގެން ކައުންސިލްތަކުން ބޭނުންވާ ފަޅުރަށް ހޯދުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ކުރިއަށް ގެންގޮސްފައިވާކަމަށް، ވަޒީރު ވިދާޅުވިއެވެ.