news photo

ވަޒީރު އާދަމް ޝަރީފު ޢުމަރު، ފިލިޕިންސްގެ ވެރިރަށް މެނީލާއާށް

03 ފެބްރުއަރީ 2025

ފިލިޕިންސްގެ ވެރިރަށް މެނީލާއާށް ވަޒީރު އާދަމް ޝަރީފު ޢުމަރު ފުރާވަޑައިގެންފިއެވެ. ޔޫއެންޑީޕީގެ ޚާއްޞަ އެހީތެރިކަމާއެކު، އެ މަނިކުފާނު ކުރައްވާ މި ދަތުރުފުޅަކީ ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން މެނީލާގައި ބާއްވާ ޚާއްޞަ ބައްދަލުވުމެއްގައި ބައިވެރިވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. 

މި ބައްދަލުވުމުގައި، ލާމަރުކަޒީ ނިޒާމުގައި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުމާއި، ހެޔޮ ވެރިކަމާއި، ދެފުށް ފެންނަ ގޮތަށް ކަންކަންކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވާނެ ކަންކަމާ މެދު މަޝްވަރާތައް ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައި ވެއެވެ. ދަތުރުފުޅަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވީއައިޕީ ލައުންޖްގައި ދެއްވި ބަސްދީގަތުމުގައި ވެސް އެ މަނިކުފާނު ވަނީ މި ބައްދަލުވުމުގެ ތަފްޞީލުތައް ދެއްވާފައެވެ. 

މި ދަތުރުފުޅުގައި އެ މަނިކުފާނު އެންމެ ބޮޑު އަމާޒަކަށް ހައްދަވާނީ ކާމިޔާބުކަމާއެކު ލާމަޒީ ނިޒާމު ހިންގާ ޤައުމުތަކުގައި އެ ކަންކަން ކުރައްވާ ގޮތް ދެނެ، އަޅުގަނޑުމެންގެ ޤައުމުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަން މަޝްވަރާގެ އަލީގައި ހޯއްދެވުން ކަމަށް ވެސް، ނޫސްވެރިންނަށް ދެއްވި ބަސްދީ ގަތުމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. 

ވަޒީރުގެ އަރިހުގައި މި ދަތުރުފުޅުގައި، ވުޒާރާގެ ލޯކަލް ގަވަރމަންޓް ޔުނިޓް ހިންގެވުމާ ޙަވާލުވެހުންނެވި ސްޓޭޓް މިނިސްޓަރ މުޙައްދު މާހިރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.