news photo

ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ މެންބަރުންނާ ސްޓޭޓް މިނިސްޓަރ މުޙައްމަދު އިބްރާހީމް ބައްދަލުކުރައްވައިފި

05 ފެބްރުއަރީ 2025

މިއަދު ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ކޮޅުމަޑުލު ކައުންސިލްގެ ރައީސާއި ބައެއް މެންބަރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ  ތިމަރަފުށީ ދާއިރާގެ އެމްޕީ ބައިވެރިވެލެއްވިއެވެ.

 

މި ބައްދަލުވުމުގައި  އެ އަތޮޅުގައި ހުއްޓިފައި ހުރި ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭ ގޮތުންނާއި، ކައުންސިލް އިދާރާ ޢިމާރާތްކުރުމުގެ މަޝްރޫޢާ ބެހޭ ގޮތުން މަޝްވަރާކުރެވިފައި ވެއެވެ.

 

ސްޓޭޓް މިނިސްޓަރ މުޙައްމަދު އިބްރާހީމްގެ އިތުރުން މި ބައްދަކުވުމުގައި  ޕްރޮޖެކްޓް ޑިޕާރޓްމެންޓްގެ ހެޑް  ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދާއި، ލޯކަލް ގަވަރމެންޓް ޑިޕާރޓްމެންޓް ވަގުތީ ގޮތުން ބެލެހެއްޓުމާ ޙަވާލުވެ ހުންނެވި ޑެޕިޔުޓީ މިނިސްޓަރ މުޙައްމަދު ޢާރިފާއި އަދި ތ. އަތޮޅު ހިމެނޭ ކުލަސްޓަރގެ ކަންތައް ބަލަހައްޓަވައި ޑެޕިޔުޓީ މިނިސްޓަރ އިނާޒް ޢަލީ ބައިވެރިވެލެއްވިއެވެ.