news photo

ހދ. އަތޮޅުގެ ރަށްތަކަށް ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ފައްޓަވައިފި

10 ފެބްރުއަރީ 2025

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި  ރައީސުލްޖުމްހޫރިއްޔާ ރަމަޟާންމަހާ ގުޅިގެން ގޭބީސީތަކަށް ދެއްވާ ރޯދަ ހަދިޔާ ހދ. އަތޮޅުގެ ރަށްތަކަށް ބަހަން ފައްޓަވައިފި ކަމަށް އެ އަތޮޅުގެ ކަންކަން ބެލެހެއްޓެވުމާއި ޙަވާލުވެ ހުންނެވި މި މިނިސްޓްރީގެ ނާއިބް ޢަލީ ޝަމީމް ވިދާޅުވެއްޖެއެވެ. 

ޝަމީމް ވިދާޅުވި ގޮތުގައި މިހާތަނަށް އެ އަތޮޅުގެ ކުޅުދުއްފުށި ސިޓީއަށާއި، ނޮޅިވަރަންފަރަށާއި، ހަނިމާދޫއަށާއި އަދި ކުރިނބީގެ ގެތަކަށް ވަނީ ރޯދަ ހަދިޔާގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ މަސްދަޅު ކޭސް ބަހައި ނިންމާފައެވެ. 

މަސްދަޅު ކޭސް ނުލިބި ހުރި ހދ. އަތޮޅުގެ ރަށްތަކަށް މި ހަފުތާ ތެރޭގައި މަސްދަޅު ކޭސް ލިބިގެން ދާނެ ކަމަށް ވެސް ޢަލީ ޝަމީމު ވިދާޅުވިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހދ. އަތޮޅުގެ ރަށްރަށަށް ރޯދަ ހަދިޔާ ހިފައިގެން ދަތުރުކުރާ ދޯނި މިއަދުވެސް އެ މަސައްކަތުގައި ޙަރަކާތްތެރިވަމުން އެބަދެއެވެ. 

އެނގިވަޑައިގަންނަވާނެ ފަދައިން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި ހެޔޮ ޢިނާޔަތްތަކެއް ރަމަޟާންމަހާ ގުޅިގެން ދިވެހި ރައްޔިތުންނަށް އަންނަނީ ސަރުކާރުން ފޯރުކޮށް ދެއްވަމުންނެވެ. އެ ގޮތުން ރަމަޟާންމަހުގެ ފަހު 10 ދުވަހު ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި، ރަމަޟާންމަހާ ގުޅިގެން ގޭބީސީތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރޯދަ ހަދިޔާ ފާހަގަކޮށްލެވެއެވެ. އަދި މީގެ އިތުރުން ވެސް ބައެއް ޢިނާޔަތްތައް ރޯދަމަހާ ގުޅިގެން، ފާއިތުވެ ދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާކަން ފާހަގަކޮށްލަމެވެ.