15 ފެބްރުއަރީ 2025
"ރޯދަ ސާފު"ގެ ނަމުގައި މާލެ ސާފުކުރުމަށް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއާއި، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގުޅިގެން މިއަދު ފަށާ ޙަރަކާތުގައި ސަރުކާރުގެ ބައެއް ވުޒާރާތަކާއި، ކުންފުނިތަކާއި، ގިނަ ޢަދަދެއްގެ މުއައްސާސާތަކުން ބައިވެރިވެ ދެއްވުމަށް އެތައް ސަތޭކަ ބަޔަކު އެއްވުމަކީ، އަޅުގަނޑުމެންގެ ތެރޭގައި އިޖުތިމާޢީ ގުޅުން އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ތައިސޭކޮށީގެ ފުޓްސަލް ދަނޑުގައި "ރޯދަ ސާފު"ގެ ނަމުގައި މާލެ ސާފުކުރުމަށް މިއަދު ބާއްވާ ޙަރަކާތް ފައްޓަވައި ދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. ވަޒީރުގެ ވާހަކަފުޅުގައި ދެ ވުޒާރާއިން އިސްވެ ގޮވައިލެއްވި ގޮވައިލެއްވުމަށް މިހައި ބޮޑު އިޖާބައެއް ދެއްވައި އެތައް ސަތޭކަ ބަޔަކު، މި ޙަރަކާތުގައި ބައިވެރިވެދެއްވި ކަމަށް ޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައިއާއި އަދި ވަޒީރުގެ އަމިއްލަ ނަންފުޅުގައި އެ ހުރިހައި ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ.
މިއަދު މި ފެށި "ރޯދަ ސާފު" ޙަރާކުގައި ގުރޫޕް 1 އިން ސާފުކުރަމުން ދަނީ އާޓިފިޝަލް ބީޗް ސަރަޙައްދެވެ. މި ސަރަޙައްދު ސާފުކުރުމުގައި އިސްކޮށް ޙަރަކާތްރިވަމުން ދަނީ އާރު.ޑީ.ސީއާއި، މީރާއާއި، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއެވެ. ގުރޫޕް 2 އިން ސާފުކުރަމުން ދަނީ އުސްފަސްގަނޑު ހިމެނޭ ސަރަޙައްދެވެ. މި ސަރަޙައްދު ސާފުކުރުމުގައި ޙަރަކާތްރިވަމުން ދަނީ އެމް.އެން.ޑީ.އެފާއި، އެމް.ޑަބްލިޔޫ.އެސް.ސީއާއި، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއެވެ. ގުރޫޕް 3 އިން ސާފުކުރަމުން ދަނީ އިންޑަސްޓްރިއަލް ޒޯން ހިމެނޭ ސަރަޙައްދެވެ. މި ސަރަޙައްދު ސާފުކުރުމުގައި ޙަރަކާތްރިވަމުން ދަނީ މޯލްޑިވްސް ޕޮލިހާއި، ކަރެކްޝަނަލް ސަރވިސްއާއި، ކަސްޓަމްސްއާއި، ނެޝަނަލް ޑްރަގް އެޖެންސީއާއި، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއެވެ. ގްރޫޕް 4 އިން ސާފުކުރަމުން ދަނީ ޕޯރޓްސް ލިމިޓެޑް ހިމެނޭ ސަރަޙައްދެވެ. މި ސަރަޙައްދު ސާފުކުރުމުގައި ޙަރަކާތްރިވަމުން ދަނީ ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއެވެ. ގްރޫޕް 5 އިން ސާފުކުރަމުން ދަނީ ސަލްމާން މިސްކިތް ހިމެނޭ ސަރަޙައްދެވެ. މި ސަރަޙައްދު ސާފުކުރުމުގައި ޙަރަކާތްރިވަމުން ދަނީ މޯލްޑިވްސް ގޭހާއި، ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއެވެ.
"ރޯދަ ސާފު"ގެ ނަމުގައި މާލެ ސާފުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މި ޙަރަކާތުގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީ އޮފް ޑިފެންސާއި، މޯލްޑިވްސް ޕޮލިހާއި، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއާއި، މިނިސްޓްރީ އޮފް ހެލްތާއި، އެމްޓީސީސީއާއި، އާސަންދަ ކޮމްޕެނީ ލިމިޓެޑާއި، ސްޓެލްކޯއާއި، އެމްޑަބްލިޔޫއެސްސީއާއި، ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑާއި، ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑާއި، މޯލްޑިވްސް ގޭހާއި، ދަރުމަވަންތަ ހޮސްޕިޓަލް/އައިޖީއެމްއެޗާއި، ވަޒީފާއާ ބެހޭ ޓްރެބިއުނަލާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފީހާއި، މީރާއާއި، ޓެކްސް އެޕީލް ޓްރަބިއުނަލާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، ވެމްކޯއާއި އަދި މާލޭ ސިޓީ ކައުންސިލްގެ އިދާރާ ބައިވެރިވެއެވެ.