news photo

ވަޒީރު އާދަމް ޝަރީފު އުމަރު އަރިއަތޮޅު ދެކުނުބުރީ ދަނގެތި ކައުންސިލްގެ މެންބަރުން ބައްދަލުކުރައްވައިފި

19 ފެބްރުއަރީ 2025

ވަޒީރު އާދަމް ޝަރީފު އުމަރު އަރިއަތޮޅު ދެކުނުބުރީ ދަނގެތި ކައުންސިލްގެ މެންބަރުން ބައްދަލުކުރައްވައިފިއެވެ. މިއަދު ބޭއްވި މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވަނީ، ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރާ 55 ކައުންސިލް  ޢިމާރާތުގެ ތެރޭގައި ހިމެނޭ ދަނގެތި ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ މަޝްރޫޢުގެ މަސައްކަތާ ގުޅޭ ގޮތުންނެވެ.

މީގެ އިތުރުން ރަށުގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ދަނގެތި ކައުންސިލްގެ ރައީސާއި، ބައެއް މެމްބަރުންގެ އިތުރުން ދަނގެތި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވަޒީރު އާދަމް ޝަރީފު ޢުމަރުގެ އަރިހުގައި ވުޒާރާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އދ. އަތޮޅު ކްލަސްޓަރ ކޯޑިނޭޓަރ،  ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަޙްމަދު ސިނާނެވެ.