20 ފެބްރުއަރީ 2025
ދިވެހިރާއްޖޭގެ އުފާވެރިކަމުގެ މިންގަނޑު ނުވަތަ ހެޕިނަސް އިންޑެކްސް އެކުލަވައިލުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ވަޒީރު ޢާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ހެޕިނެސް އިންޑެކްސް އެކުލަވައިލުމުގެ މަސައްކަތް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ރިސާޗަރުން ކުރައްވަމުން ގެންދަވައި ކަމަށެވެ. އެ ގޮތުން މި އަހަރުގެ ތެރޭގައި ހެޕިނެސް އިންޑެކްސްގެ ބޭނުން ކޮށްގެން އުފާވެރިކަން މިންކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ދިވެހިރާއްޖޭގެ އުފާވެރިކަން މިންކުރުމަށް މިންގަނޑެއް އެކުލަވައިލުމުގެ މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި، ލަފާފުޅުގެ މަތިން ވަޒީރު އާދަމް ޝަރީފު ޢުމަރު އިސްނަންގަވައިގެން މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން ކުރައްވަމުން އަންނަ މަސައްކަތެކެވެ.