news photo

ވަޒީރު އާދަމް ޝަރީފު ޢުމަރު ހދ. ނައިވާދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފި

20 ފެބްރުއަރީ 2025

ވަޒީރު އާދަމް ޝަރީފު ޢުމަރު ހދ. ނައިވާދޫ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މިއަދު ބޭއްވުނު މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައި ވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރާ 55 ކައުންސިލް ޢިމާރާތުގެ ތެރޭގައި ހިމެނޭ ނައިވާދޫ ކައުންސިލް ޢިމާރާތުގެ މަސައްކަތާއި ގުޅޭ ގޮތުންނެވެ.

މީގެ އިތުރުން ރަށުގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެ ގޮތުން މިހާރު ރަށުގައި ހުއްޓިފައި ހުރި މަޝްރޫޢުތަކާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަނީ، ވަޒީރާ ހިއްސާކުރައްވާފައެވެ. މި ބައްދަލުވުމުގައި ނައިވާދޫ ކައުންސިލްގެ ރައީސާއި، ކައުންސިލް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވަޒީރު އާދަމް ޝަރީފު ޢުމަރުގެ އަރިހުގައި މި ބައްދަލުވުމުގައި  ހދ. އަތޮޅު ހިމެނޭ ކުލަސްޓަރ ބެލެހެއްޓެވުމާ ޙަވާލުވެ ހުންނެވި، ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޙަސަނާއި، ހދ. އަތޮޅުގެ ކަންތައްތައް ބަލަހައްޓަވައި ކޯޑިނޭޓަރ، ޑެޕިއުޓީ މިނިސްޓަރ ޢަލީ ޝަމީމް ބައިވެރިވެލެއްވިއެވެ.