news photo

މި ވުޒާރާގައި ތިއްބެވީ ހައްތާވެސް ދަންޑެހެލުން: ވަޒީރު އާދަމް ޝަރީފު ޢުމަރު

22 ފެބްރުއަރީ 2025

މި ވުޒާރާގައި ހައްތާ ތިއްބެވީ ދަންޑެހެލުން ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން ވުޒާރާގެ ރެކްރިއޭޝަން ކުލަބުން އިންތިޒަާމުކޮަށްގެން ބޭއްވި މާހެފުން ފައްޓަވައި ދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

"މިއަދު ހެނދުނު ވިލިމާލެ ސާފުކުރުމުގެ ޙަރަކާތުގައި ބައިވެރިވެ، މިރޭ ރޯދަ ހަދިޔާ ބެހުމަށް ތައްޔާރުވަމުން މި ޙަރަކާތް ކުލަގަދަ ގޮތެއްގައި ކުރިއަށް ގެންދާކަމީ، މި ވުޒާރާގައި ބޭރުންނާއި އަދި އެތެރޭން ވެސް، ހުސް ދަންޑެހެލުން ތިއްބެވިކަން ހާމަކޮށްދޭ  ކަމެއް: ވަޒީރު އާދަމް ޝަރީފު ޢުމަރު  ވިދާޅުވިއެވެ.

މިއަދު ހަވީރު ވުޒާރާގެ މާލޭ ޕަބްލިކް ވާރކްސް ޔުނިޓުގައި ބޭއްވުނު މި މާހެފުމުގައި ވަރަށް ގިނަ ޢަދަދެއްގެ ދޭސީ އަދި ބިދޭސީ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.