news photo

ދައުލަތައް ލިބޭ ޓެކްސްއިން ވަކި އިންސައްތައެއް ކައުންސިލްތަކަށް ލިބޭގޮތައް ޤާނޫނުތަކަށް އިސްލާހު ހުށައަޅުއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ

07 މާރިޗު 2024

ދައުލަތައްލިބޭ ޓެކްސްއިން ވަކި އިންސައްތައެއް ކައުންސިލްތަކަށް ލިބޭގޮތައް ޤާނޫނު ތަކަށް އިސްލާހު ހުށައަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމުހުރިއްޔާ ޑރ. މުއިއްޒު މިހެން ވިދާޅުވީ ވ ކެޔޮދޫ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައެވެ، ރައީސް ވިދާޅުވީ ލޯކަލް ޓްއަރިޒަމްގެ ތެރެއިން ލިބޭ ޓީ.ޖީ.އެސް.ޓީއިން ވަކި އިންސަތައެއް ކައުންސިލްތަކުގެ އާމްދަނީއަށް އިތުރު ކުރުމައް ލާމަރުކަޒީ ގާނޫނާއި،ޓޫރިޒަމް ގާނޫނަށް އިސްލާހު ހުށައެޅުމައް ބޭނުންފުޅުވެ ވަޑައިގެންނަވާ ކަމުގައެވެ.

" ލޯކަލް ޓްއަރިޒަމްގެ ތެރެއިން ލިބޭ ޓީ،ޖީ.އެސް.ޓީއިން ވަކި އިންސަތައެއް ކައުންސިލްތަކުގެ އާމްދަނީއަށް އިތުރުކުރުމައް ލާމަރުކަޒީ ގާނޫނާއި،ޓޫރިޒަމް ގާނޫނަށް އިސްލާހުގެނައުމަށް ހުށައެޅުމައް ގަސްތުކުރަން" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރައްް ތަފްސީލްކޮށްދެއްވަމުން ވިދާޅުވީ ކައުންސިލްތައް ބާރުވެރިކުރުވުމާއި މާލީ މިނިވަންކަން ހޯއްދަވައިދެއްވުމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ސިޔާސަތު ކަމަށާއި، ޓޫރިޒަމްގެ އިތުރުން މަސްވެރިކަމާއި، ދަނޑުވެރިކަން ފަދަ ސިނާއަތްތަކުން ލިބޭ އާމްދަނީއިން ބައެއް ކައުންސިލްތަކަށް ލިބޭނެ ގޮތް ހައްދަވާދެއްވާނެ ކަމުގައެވެ.

"މީރާއަށް މިލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކަޮންމެ ކައުންސިލަކަށް ލިބޭނެ ގޮތަކަށް ސީދާ ކައުންސިލްތަކަށް ލިބޭގޮތަށް ގަނޫނުތައް ބައްޓަން ކުރަން އިސްލާހުތައް ގެންނާނަން"

އިތުރަށް އެމަނިކުފާނު ވިދާޅުވީ އެފަދަ އެހީތެރިކަން ކައުންސިލްތަކަށް ސަރުކާރުން ފޯރުކޮށް މާލީގޮތުން ކައުންސިލްތައް ބާރުވެރިކުރުވުމުން ރަށުގެ ތަރައްގީއަށް ކުރަންޖެހިފައިވާ ކަންކަން ސަރުކާރަށް ބަރޯސާނުވެ ކުރެވޭނެ މަގުފަހިވެގެންދާނެ ކަމުގައެވެ.