news photo

ވަޒީރު އާދަމް ޝަރީފު ޢުމަރު ހދ. ހިރިމަރަދޫއަށާއި، ހަނިމާދޫއަށް ވަޑައިގެންފި

28 ފެބްރުއަރީ 2025

ވަޒީރު އާދަމް ޝަރީފު ޢުމަރު ހދ. ހިރިމަރަދޫއަށާއި، ހަނިމާދޫއަށް ވަޑައިގެންފިއެވެ. އެ މަނިކުފާނުގެ މި ދަތުރުފުޅަކީ ހިރިމަރަދޫ ރައްޔިތުން، ހަނިމާދޫއަށް ބަދަލުކުރުމާ ގުޅޭ ގޮތުން ހިރިމަރަދޫއާއި އަދި ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ވަޒީރުގެ މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ހިރިމަރަދޫ ރައްޔިތުން އެހެންރަށަކަށް ބަދަލުކުރާ އިރު، ހިރިމަރަދޫ ރައްޔިތުންގެ ވިސްނުމާއިޚިޔާލު ވީހާވެސް ސާފުކޮށް އެނގި، ގާތުން އެ ރަށުގެ ރައްޔިތުންނާ މަޝްވަރާކުރުމެވެ. 

ވަޒީރުގެ މި ދަތުރުފުޅުގައި އިއްޔެ ވަނީ ހިރިމަރަދޫ ކައުންސިލްގެ މެންބަރުންނާއި އަދި ރައްޔިތުންނާ ވެސް ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ. އަދި މިއަދު އެ މަނިކުފާނު ވަނީ ހަނިމާދޫ ކައުންސިލްގެ މެންބަރުންނާއި އަދި ރައްޔިތުންނާ ވެސް ބައްދަލުކުރައްވާ ހިރިމަރަދޫ ރައްޔިތުން އެ ރަށަށް ބަދަލުކުރުމާ މެދު މަޝްވަރާކުރައްވާފައެވެ.  

އެ މަނިކުފާނުގެ އަރިހުގައި މި ދަތުރުފުޅުގައި މި ވުޒާރާގެ ލޯކަލް ގަވަރމަންޓް ޑިޕާޓްމަންޓް ހިންގެވުމާއި ޙަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަރ މުޙައްމަދު މާހިރާއި، ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސަރާޙް ބައިވެރިވެވަޑައިގެންނެވިއެވެ. ހިރިމަރޫއަށާއި، ހަނިމާދޫއަށް ވަޒީރު ކުރެއްވި މި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު، މިރޭގެ ވަގުތެއްގައި މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.