03 މާރިޗު 2025
ރަށު ފަތުރުވެރިކަން ނުވަތަ ލޯކަލް ޓުއަރިޒަމް ހިންގާ ރަށްރަށުގައި ގެސްޓުންނަށް ކާންދެއްވުމުގައި ހެދިފައިވާ އާންމު ޤަވާއިދުތަކާ އެއް ގޮތަށް ޢަމަލުކުރެއްވުމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު އިލްތިމާސްކުރައްވައިފިއެވެ.
ވަޒީރު މި ގޮތަށް އިލްތިމާސްކުރެއްވީ އިއްޔެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓްގައި ވަޒީރު ވަނީ ލޯކަލް ޓުއަރިޒަމާއި، ލޯކަލް ގެސްޓް ހައުސް ހިންގާ ރަށްރަށުގައި، ރަމަޟާން މަހު ޓޫރިސްޓުންނަށް ކާންދެއްވުމުގައި ސަރުކާރުން އެކަށައަޅައިފައިވާ އުޞޫލުތަކާއި، މިންގަނޑުތަކާ ޚިލާފު ނުވާ ގޮތަށް، އެ ރަށެއްގައި ދިރިއުޅުއްވާ އާންމު ރައްޔިތުންނަށް ނުފެންނާނެ ގޮތަކަށް ޚިދުމަތް ދެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރައްވައިފައެވެ.
ރަށު ފަތުރުވެރިކަން މުޅި ރާއްޖެއަށް އާންމުވެފައިވާ އިރު، ސަރުކާރުން އެކުލަވައިލައިފައިވާ އުޞޫލުތަކާ އެއް ގޮތަށް ގެސްޓުންނަށް ފޯރުކޮށްދެއްވަމުން އަންނަ ޚިދުމަތްތައް ދެއްވުމަކީ ވަރަށް މުހިންމު ކަމެކެވެ. ޚާއްޞަކޮށް ރޯދަ މަހު، މި ފަދަ ސަކުވާތައް މަދުން ނަމަވެސް ފެންމަތިވުމަކީ އެ ރަށްރަށުގައި ދިރިއުޅުއްވާ އާންމު ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.